ފ.ފީއަލީގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދިޔަ ބިދޭސީ މީހާ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ފިހިފައިވަނީ އެ ރަށު ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާ އެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު އިއްޔެ ވަނީ ބަންގްލަދޭޝްއަށް ފޮނުވާފައެވެ.
ނިލަންދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ މާލެ ފޮނުވާލިއިރު ހަށިގަނޑުގެ 60 އިންސައްތަ އޮތީ އަލިފާނުގެ ސަބަބުން ފިހިފައެވެ.
ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ