މުސާރަ ބޮޑުނުވި މުވައްޒަފުންގެ މުސާރަ މި މަހު ބޮޑުވާނެ: ރައީސް

ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން މަރުހަލާގެ ތެރެއިން މުސާރަ ބޮޑުނުވެ ތިބި މުވައްޒަފުންގެ މައްސަލަތައް ހައްލުކޮށް، މި މަހުން ފެށިގެން އެ ފަރާތްތަކުގެ މުސާރަ ބޮޑުވެގެންދާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑަށް މި ފާހަގަވީ އެކި ސަބަބުތަކާހެދި ޕޭ ކޮމިޝަނުން ޕޭ ހަމަނައިޒް ކުރި އިރުގައި މުސާރަ ބޮޑު ނުވެ، އެހެންނަމަވެސް ކުޑަވެސް ވެފައި ފަރާތްތައް ތިބިކަން. މިހާރު ހުރިހާ މައްސަލައެއް ރަނގަޅުކޮށް ހައްލުކޮށް އެނިމުނީ،" ރައީސް ވިދާޅުވިއެވެ.
"މި މަހު މުސާރަ ދޭއިރުގައި، އިރާދަކުރެއްވިއްޔާ އެ މައްސަލަތައް ހައްލުވެ، މުސާރަ ހަމަ ބޮޑުވެފައި ކުރިއަށްވުރެ މައްޗަށް ދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ