ޒާތީ މައުލޫމާތު އެއްކޮށް ބަލަހައްޓައި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އޮނިގަނޑެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
"ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހީމް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން އެ ބިލުގެ މަގުސަދަކީ ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމްކޮށް، މައުލޫމާތު ނިސްބަވްތާ މީހުންގެ ހައްގުތަކާއި މައުލޫމާތު ބޭނުންކުރާ މީހުންގެ ޒިންމާތައް ކަނޑައަޅައި ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އެ ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވައިފަ އެވެ.
ސަރުކާރުން ހުށަހެޅި ބިލުުގައިވާ ގޮތުން އެ ބިލު ގާނޫނަކަށް ވުމަށް ފަހު، އެ ގާނޫނު ތަންފީޒުވާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކަކީ ޕްރައިވެސީ ކަމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނެ ކަންތައްތަކެވެ.
ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަަކާއި ވަސީލަތްތައް ހަމަޖެއްސުމަކީ ވެސް އެ ބިލުގައިވާ ގޮތުން ޕްރައިވެސީ ކޮމިޝަނަރުގެ މަސްއޫލިއްތެކެވެ. މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުކަން ގެއްލޭ ހާލަތްތަކުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަންވީ ގޮތުގެ ލަފާ ވެސް ދޭނީ ކަމިޝަނަރެވެ.
މީހުންގެ ޒާތީ މައުލޫމާތުކަމަށް ގާނުނުން ކަނޑައަޅާ މައުލޫމާތު އެއްކޮށް، ބަލަހައްޓައި ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި އަމަލުކުރަން ޖެހޭނެ އުސޫލުތަކާއި މިންގަނޑުތައް ވެސް ކަނޑަޅާނީ، ބިލުގައިވާ ގޮތުން ޕްރައިވެސީ ކަމިޝަނަރެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރާ ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ