ޕިއްޒާ ބޯނާގެ "އަލްޓިމޭޓް ޕިއްޒާ ޗެލެންޖް" މާދަމާ ހުޅުމާލޭގައި ބާއްވަނީ ޕިއްޒާ ބޯނާގެ "އަލްޓިމޭޓް ޕިއްޒާ ޗެލެންޖް" މާދަމާ ހުޅުމާލޭގައި ބާއްވަނީ

ޕިއްޒާ ބޯނާ އިން "އަލްޓިމޭޓް ޕިއްޒާ ޗެލެންޖް" ގެ ދެވަނަ އެޑިޝަން ހުޅުމާލޭގައި ކުރިއަށްދާ ފުޑް ކާނިވަލްގައި މާދަމާ ހަވީރު 5:00 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޕިއްޒާ ބޯނާއިން ބުނީ އެ ޗެލެންޖުގައި 18 އިންޗީގެ ޕިއްޒާއެއް 18 މިނެޓުގެ ތެރޭގައި އެއްކޮށް ކައި ހުސްކުރަން ޖެހޭ ކަމަށެވެ.
ދީފައިވާ ވަގުތުގެ ތެރޭގައި އެކަކަށް ވެސް ޕިއްޒާ ކައި ހުސް ނުކުރެވިއްޖެނަމަ، ވަނަވަނައަށް ދިޔަ މީހުން ހޮވާނީ އެންމެ އަވަހަށް ޕިއްޒާ ކައި ހުސް ކުރި މީހުން ބަލައިގެންނެވެ.
މީގެއިތުރުން ގަދަ ތިންވަނައަށް ވާދަކުރި ބައިވެރިންގެ ވަގުތު އެއްވަރުވެއްޖެނަމަ، މޮޅުވާ ބައިވެރިއަކު ހޮވަން ޕިއްޒާ ދެ ސްލައިސް ތިން މިނެޓުގެ ތެރޭގައި ކައި ހުސްކުރަން ޗެލެންޖެއް އޮންނާނެ އެވެ.
ޕިއްޒާ އަލްޓިމޭޓް ޗެލެންޖްގެ އެއްވަނައަށް 5،000ރ. ގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ދެވަނައަށް 2،500ރ. އަދި ތިންވަނައަށް 1،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ.
ފުޑް ކާނިވަލްގައި ޕިއްޒާ ބޯނާގެ ސްޓޯލްގައި ޕިއްޒާގެ އިތުރުން ތައި އައިސް ޓީ، ސަބްމެރިން އަދި އެ ނޫންވެސް ކާ އެއްޗެހި ލިބެން ހުންނާނެ އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕިއްޒާ ބޯނާގެ އަލްޓިމޭޓް ޕިއްޒާ ޗެލެންޖްގެ ފުރަތަމަ އެޑިޝަނަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ 12،44 މިނެޓުން 18 އިންޗީގެ ޕިއްޒާއެއް ކައި ހުސްކޮށްގެން އަބާން ހުސެއިން އެވެ.
ޕިއްޒާ ބޯނާއިން ކަސްޓަމަރުން ޝައުގުވެރިވާ އެކި ހަރަކާތްތައް އަބަދުވެސް ބާއްވަމުން އާދެ އެވެ. މިގޮތުން މި އަހަރުގެ ކުޑަކުދިންގެ ދުވަހު 600 އަށްވުރެ ގިނަ ޕިއްޒާ ކުޑަކުދިންނަށް ބަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ