ލަންޑަން (ޖުލައި 9) - މެންޗެސްޓާ ޔުނައިޓެޑަށް ފަންސާހަށް ވުރެ ގިނަ މެޗު ކުޅެދިން، އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު، ގަބްރިއެލް ހައިންޒް، އާސެނަލްގެ ކޯޗިން ޓީމާ ގުޅިއްޖެ އެވެ.
ހައިންޒް، 47، ވަނީ ޔުނައިޓެޑަށް 2004 އިން 2007 އަށް ކުޅެފަ އެވެ. މީގެ 10 އަހަރު ކުރިން، ކޯޗިން ކެރިއަރު ފެށި ހައިންޒް، އާޖެންޓީނާގެ ތިން ޓީމުގެ ކޯޗުކަން ކުރުމުގެ އިތުރުން، އެމެރިކާ ލީގުގެ އެޓަލަންޓާ ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ.
އާސެނަލްގެ ފަސްޓް ޓީމު އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހައިންޒް ހަމަޖެއްސިއިރު، ރަސްމީކޮށް ކޯޗިން ލައިސަންސްގެ ހުރިހާ މަރުހަލާއެއް ހަމަކޮށްފައެއްނުވެ އެވެ. އަދި، އާސެނަލްގައި ހޭދަކުރާ ކޯޗިންގެ މުއްދަތުގެ ތެރޭގައި، ކޯޗިން ކޯހުގެ ކަންކަން ހައިންޒް ފުރިހަމަ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިކޭލް އާޓެޓާ ކޯޗުކޮށްދޭ އާސެނަލުން ހައިންޒް ގެންނަން ނިންމީ، މިދިޔަ ފަސް އަހަރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކާލޯސް ކުއެސްޓާ، އެ ޓީމު ދޫކޮށްލުމުންނެވެ. އާސެނަލްގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކުއެސްޓާ، އެ ޓީމު ދޫކޮށްލީ، އިޓާލިއަން ލީގުގެ ޕާމާގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމުގެ ފުރުސަތު ލިބުމުންނެވެ.
އާސެނަލުން ބުނެފައިވަނީ، ހައިންޒް އަކީ އެ ކްލަބުން ބޭނުންވި ލެވަލްގެ އެސިސްޓަންޓް ކޯޗެއް ކަމަށެވެ. އަދި، ކުޅުމުގެ ކެރިއަރާއި ކޯޗިންގައި މިހާތަނަށް ހާސިލްކޮށްފައިވާ ތަޖުރިބާތަކުގެ އަލީގައި ހައިންޒް އަށް އާސެނަލްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ކްލަބުން ނެރުނު ބަޔާނުގައި ހިމަނާފައިވެ އެވެ.
ޔުނައިޓެޑަށް ކުޅުނު ހައިންޒް އާސެނަލްގެ ބެންޗަށް ޔުނައިޓެޑަށް ކުޅުނު ހައިންޒް އާސެނަލްގެ ބެންޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ