އެޑްވަޓޯރިއަލް: ބްރެޑް މެޓާސްގެ ހިތްގައިމު މާހައުލުގައި އަގުހެޔޮކޮށް އިވެންޓުތައް ބާއްވަން ފުރުސަތެއް
ދިވެހީންނާއި ރާއްޖޭގައި އުޅޭ ބޭރުގެ ރައްޔިތުންގެ މެދުގައި ވެސް ބްރެޑް މެޓާސްގެ ރެސްޓޯރެންޓްތަކުގެ މަގުބޫލުކަން ބޮޑެވެ. މާލެއާއި ހުޅުމާލޭގައި ހަތަރު އައުޓްލެޓެއް ހުންނަ ބްރެޑް މެޓާސް ގެލެރީއަކީ އޭގެ ތެރެއިން ވެސް ގިނަ ބަޔަކު އާއިލާއާއި އެކުވެރިންނާ ބައްދަލުކުރުމަށާއި މުހިންމު ހަފުލާތަކަށް ވެސް ބޭނުންކުރާ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުގައި ޚާއްސަ ހަފުލާތައް ބާއްވަން ބޭނުންވާނަމަ، ބްރެޑް މެޓާސްއިން ވަނީ އަގުހެޔޮކޮށް އެ ފުރުސަތު ދިނުމަށް ޕްރޮމޯޝަނެއް ފަށައިފައެވެ. މާލޭގެ ބުރުޒު މަގުގައި ހުންނަ ބްރެޑް މެޓާސް ގެލެރީއަކީ ވަރަށް ފަސޭހައިން ދެވޭ ގޮތަކަށް ހުންނަ، އެއް ފަހަރާ ގިނަ ބަޔަކަށް ޖާގަ ލިބޭ ގޮތަށް ޑިޒައިންކޮށްފައިވާ ރެސްޓޯރެންޓެކެވެ. ތަފާތު ލުއި ކާނާއާއި، އެކި ރަހަތަކުގެ ކެއުންތަކާއި ތަފާތު ބާވަތްތަކުގެ ބުއިންތައް ބްރެޑް މެޓާސް ގެލެރީން ލިބެން ހުރެއެވެ. އަދި ކައިވެނި ޕާޓީތަކާއި އުފަންދުވަސް ފާހަގަކުރުމާއި އިތުރު ހަރަކާތްތަކަށް އެ ރެސްޓޯރެންޓުން ޚާއްސަ މެނިއުތައް ތައްޔާރުކޮށްފައިވެއެވެ. ބުރުޒުމަގުގައި ހުންނަ ބްރެޑް މެޓާސް-- ބްރެޑް މެޓާސް ގެލެރީގެ ހަފުލާތަކަށް ޚާއްސަ މެނިއުތަކުގައި ލުއި ކާނާ ހިމެނޭ ތިން މެނިއުއާއި 'ފުލް ކޯސް' ކެއުންތައް ހިމެނޭ ތިން މެނިއުއެއް ހިމެނެއެވެ. އެއީ މީހުންގެ އަދަދާއި، ހަފުލާ ބާއްވާ ގަޑިއާއި ބަޖެޓަށް ވެސް ވިސްނައި، ބޭނުންވާ ގޮތަކަށް ސުފުރާ ތައްޔާރުކުރުމުގެ އިޚުތިޔާރު ދިނުމުގެ ގޮތުންނެވެ. ބްރެޑް މެޓާސް ގެލެރީގައި ޚާއްސަ އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ފަށަފައިވާ ޕްރޮމޯޝަންގެ ދަށުން، މިހާރު އެ މެނިއުތައް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. އެގޮތުން ހަފުލާއަށް ކަނޑައަޅަފައިވާ ބަޖެޓު ހުށަހެޅުމުން، ބްރެޑް މެޓާސް ގެލެރީން މެނިއުއަށް ބަދަލުތަކެއް ގެނެސްދޭނެއެވެ. ހަމައެއާއެކު، މި ޕްރޮމޯޝަންގެ ދަށުން، ހަފުލާ ބާއްވާ ވަގުތަށް ބްރެޑް މެޓާސް ގެލެރީ ހިލޭ ލިބުމުގެ ފުރުސަތާއި ބެކްޑްރޮޕް ވެސް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބިދޭނެއެވެ. އެހެންކަމުން މި ޕްރޮމޯޝަނަކީ ހެޔޮ އަގުގައި، އާއިލާއާއި އެކުވެރިންނާއި އޮފީސްތަކުން ވެސް ޚާއްސަ ހަފުލާތައް ބާއްވަން ބޭނުންވާ ނަމަ ރަނުގެ ފުރުސަތެކެވެ. މި ރެސްޓޯރެންޓުގައި ހަފުތާގެ ފަސް ދުވަހު، 11:30އިން 14:30އަށް އޮންނަ ލަންޗު ބުފޭއަށް ވެސް ބޮޑު ތަރުހީބެއް ލިބޭއިރު، ބްރެޑް މެޓާސް ގެލެރީއަށް ޒިޔާރަތްކޮށް، ވީހާވެސް އަވަހަށް ތަޖުރިބާކޮށްލައްވަންވީއެވެ. ބްރެޑް މެޓާސް ގެލެރީގައި ހަފުލާތައް ބޭއްވުމާ ގުޅޭ ގޮތުން، 7791535 އާއި 7650442އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ބްރެޑް މެޓާސް ގެލެރީ އޮތީ އެ ބޭފުޅެއްގެ ބަޖެޓަށް ބަލައި، އެންމެ ބޭނުންވާ ގޮތަކަށް ހަފުލާތަކަށް ކޭޓާ ކޮށްދިނުމަށް ތައްޔާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ