އާރުޑީސީގެ ޑީއެމްޑީ އަސްބާހު އެޗުޑީސީގެ ޑީއެމްޑީގެ މަގާމަށް

އެޗުޑީސީގެ ހުސްވެފައިވާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އާރުޑީސީގެ ކުރީގެ ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗުޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެޗުޑީސީއިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އަސްބާހުއަށް ވަނީ މަރުހަބާ ކިޔާފަ އެވެ.
ތަފްސީލު - ފަޔާޒު އިސްތިއުފާ ދެއްވުމުގެ އެއް ދުވަސް ކުރިން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަލީލު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ފަޔާޒު އެ މަގާމަށް އައްޔަންކުރީ މިދިޔަ ޑިސެމްބަރުގައި މައުރޫފް އެމްޑީކަމާ ހަވާލުވެ، ޖެނުއަރީގަ އެވެ.
މައުރޫފް އިސްތިއުފާ ދެއްވުމުން އެމްޑީގެ މަގާމަށް އައްޔަންކުރީ އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޒުހައިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ