ޖާހު ކުންފުނިން ބޮޑު ރަހުނެއް ބަހައްޓާފައި މޮރިޝަސް ބޭންކުން ނެގި ލޯނެއް ދައްކަން ހުކުމްކޮށްފި ޖާހު ކުންފުނިން ބޮޑު ރަހުނެއް ބަހައްޓާފައި މޮރިޝަސް ބޭންކުން ނެގި ލޯނެއް ދައްކަން ހުކުމްކޮށްފި

ލަގްޒަރީ ފްލެޓުތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބަޔެއްގެ އަތުން ފައިސާ ނެގުމަށް މަސައްކަތް ނުނިންމައި އުޅޭ ޖާހު ކުންފުނީގެ ހިއްސާދާރުންގެ ދެ ގެޔެއް ރަހުނުކޮށްފައި މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ) އިން ނެގި ލޯނު ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަން ސިިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖާހު ކުންފުންޏާ ދެކޮޅަށް އެމްސީބީން ހުށަހެޅި މައްސަލައިގައި ބުނީ އެ ބޭންކުން އެ ކުންފުންޏަށް ދޫކޮށްފައިވާ ޝޯޓް ޓާމް ލޯނު ފެސިލިޓީއާ އެއް ގޮތަށް ފައިސާ ނުދަައްކާ ކަމަށެވެ. މި ލޯނުތަކަށް ނުދައްކައިވާ އަދަދު އިންޓްރެސްޓާއި ޖޫރިމަނާ ހިމަނައިގެން މިދިޔަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ހުރީ، 43،101.68 އަށް އަރާފަ އެވެ.
އެމްސީބީގެ ލޯނަށް ޖާހު ކުންފުނިން ރަހުނުކުރީ ހ. ނިބޫގެ އާއި މ. ކަސީދާގެ އާއި އެ ކުންފުނީގެ ސްޓޮކް-އިން-ޓްރޭޑެވެ. އެ ބޭންކުން ވަނީ މި ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަށް ވެސް އެދިފަ އެވެ.
ނަމަވެސް މި މައްސަލަ ބެއްލެވި ގާޒީ ވަނީ، ގެތަކާއި ވިޔަފާރީގެ މަސްލަހަތުގެ ބަޔެއް ރަހުނުކޮށްފައި ހުރި ކަން ސާބިތުވީ ނަމަވެސް، ރަހުނު ހިމެނޭ ފައިސާގެ ތަންފީޒީ މައްސަލަތަކުގައި ބަޔާންކުރާ އުސޫލުގެ ދަށުން ރަހުނު ވިއްކާލުމުގެ ފުރުސަތަށް ފަހުން އެދެވެން އޮތުމާއެކީ، ރަހުނު ބެހެއްޓި ފަރާތުގެ ބަހެއް ނެތި ރަހުނު ވިއްކާލުމުގެ ހުއްދަ ދެވެން ނެތް ކަމަށް ނިންމަވާފަ އެވެ.
މި މައްސަލައިގައި ޖާހު ކުންފުނިން ކޯޓުގައި ޖަވާބުދާރީ ނުވާތީ، ހުކުމް ކުރީ އެ ކުންފުނީގެ ޢައިރު ހާޒިރުގަ އެވެ.
އެ ހުކުމުގައި ލޯނަށް ނުދައްކައިވާ 43،101 ޑޮލަރުގެ އިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،951.67ރ. ދައްކަން ޖާހު ކުންފުންޏާއި މި ލޯނަށް ގެރެންޓީ ދިން ހަތަރު މީހުންނަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ