އިސްލާމީ ޝަރީއަތް ގާއިމް ކުރަން ޖެހޭ: އުމަރު

އިސްލާމީ ޝަރީއަތް ގާއިމް ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި ޖެހިލުމެއްނެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް އިސްލާމީ ޝަރީއަތް ގާއިމް ކޮށްގެން މަނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުމަރު ނަސީރް ވަނީ ހޯމް މިނިސްޓަރުކަން ކުރަށް ވާފައެވެ.  އުމަރު ނަސީރު ވަނީ ޑްރަގު ކޮންޓްރޯލް ކުރުމަށް އަދި މަރަށް މަރުހިފަން ރައީސް ޔާމީންގެ އިރުށާދުގެ ދަށުން ވަރަށް ގިނަ ގުނަ ކަންތައް ތަކެއް ކުރަށްވާފައެވެ. އޭގެ ތެރޭގައި ނުރައްކާތެރި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފައިގައި ޓެގް އެޅުވިއެވެ. އެއިރު ހަމަ މަރަށް މަރު ހިފުމަށް ކ.މާފުށީގައި އެކަމަށް ހާއްސަ ކޮޓަރިއެއް ތައްޔާރު ކުރިއެވެ. އެއިރު އެކަން ނުކުރެވުނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ