"ކާންދޭ އަތުގައި ދަތް ނާޅާ" ސުލްހަވެރި އަޑު އުފުލުން މާދަމާ ހަވީރު!

"ކާންދޭ އަތުގައި ދަތް ނާޅާ" ސުލްހަވެރި އަޑު އުފުލުން މާދަމާ ހަވީރު އޮންނާނެ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފި އެވެ.ރޭމް އިން ބުނީ މިއީ ކެފޭ، ރެސްޓޯރެންޓު ހިންގާ މީހުންގެ ކަންބޮޑުވުންތަކަށް އެއްވެސް މުވައްސަސާއަކުން އިޖާބަދީފައި ނުވާތީ ބާއްވާ "ސުލްހަވެރި އަޑު އުފުލުމެއް" ކަމަށެވެ. އަދި މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 ޖަހާ އިރު، ކާނިވާ ސަރަހައްދުގައި ކަމަށެވެ."މިފަދަ އަޑު އުފުލުމަކަށް ދާން ޖެހުނީ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުމާއި އާދޭސް ސަރުކާރުގެ ހުރިހައި މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެކަށީގެންވާ އެހީތެރިކަމާއި އިޖާބަދީފައި ނުވާތީ. މިއީ (ރޭމް) ގެ ބޯޑު މީޓިންގ ގެ އަޣުލަބިއްޔަތުން ނިންމައިގެން ކުރިއަށް ގެންދާ ހަރަކާތެއް. ވިޔަފާރިވެރިން އަބަދު ވެސް މަސައްކަތްކުރަނީ އެ އިރެއްގައި އޮންނަ ސަރުކާރަކާއެކުގަ. އެކަމަކު ވިޔަފާރިވެރިންނަށް ކަންތައް ދިމާވީމަ އެކަމެއް ނުދަނޭ". ރޭމް އިން ބުންޏެވެ.ރައީސް ސޯލިހަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެތައް މެއިލްއެއް ރައީސްއަށް ފޮނުވިއްޖެ ކަމަށާއި ނަމަވެސް އެ މެއިލްތައް ނުލިބޭކަމަށް ރައީސް އޮފީހުން ބުނާ ކަމަށް ވެސް ރޭމް އިން ވަނީ ބުނެފަ އެވެ. އަދި އެޗްޕީއޭ އާ މަޝްވަރާކުރުމަށް ތަކުރާރުކޮށް އެދެމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް ރޭމް އިން މިހާރުފޮނުވާ މެއިލްތަކަށް ޖަވާބު ވެސް ނުދޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ