އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް 12 ގަޑިއިރަށް މެދުކަނޑާލާފައިވާއިރު ހުކުރު ދުވަހު 68 މީހަކު ޝަހީދުވެ މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 900 އަށް އަރައިފިއެވެ.
ޖުލައި 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލް ސިފައިން ގަތުލު އާންމު ހިންގަން ފެށި ފަހުން މިހާތަނަށް 5700 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އާއި އަނިޔާ ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ގިނައިން ކުޑަ ކުދިންނެވެ.
އިސްރާއީލުގެ ސިފައިން ބުނެފައި ވަނީ ހުކުރު ދުވަހު ވެސް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ޣައްޒާއަށް ދީފައި ވާނެ ކަމަށެވެ.
އިސްރާއީލާއި ޣައްޒާގެ މަސްރަހު ގޯސްވެ ހަލަބޮލި ވެފައިވާއިރު ދެ ގައުމުންވެސް ވަނީ 12 ގަޑިއިރަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސް ވެފައެވެ.
ނަމަވެސް އިސްރާއީލްގެ ބައެއް މީޑިއާ ތަކުން ބުނީ 12 ގަޑި އިރަށް ހަނގުރާމަ ހުއްޓާލިނަމަވެސް އިސްރާއީލް އިން ހަމާސް އަށް ފާރަލަމުން ގެންދާނެ ކަމަށާއިނަމަވެސް ގޮވާ އެއްޗަކުން ހަމަލާ ނުދޭނެ ކަމަށެވެ.
އެގޮތުން މިވަގުތު ތަކުގައި ވެސް ހަމާސް އިން ހަދާފައިވާ ބިންގަރާސް މަގުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ބުނެ އެވެ.
ހަމާސްގެ ތަރުޖަމާން ސާމީ އަބު ޒުހުރީ ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުންވިދާޅުވީ 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވީ އދމެދުވެރިއަކަށް ވެގެން ދެކެވުނު ވާހަކަތަކަށް ފަހުގައި ކަމަށެވެ.
ހަމަލާ ބަދަލުކުރުންތައް ހުއްޓާލާފައިވާއިރު އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ އެތައް ބަޔަކު ތިބުމާއި އަނިޔާ ލިބިފައިވާ އެތައް ބަޔަކު ތިބުމުން އެމީހުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
އިސްރާއީލާއި ފަލަސްތީނުގައި ސުލްހަ ގާއިމު ކުރުމަށް ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުން ބައިވެރި ވަޑައިގަންނަވާ ބައްދަލުވުމެއް މިއަދު ފަރަންސޭސީ ވިލާތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުކުރު ދުވަހުގެ ހަމަލާތަކުގައި ފަލަސްތީނުގެ 68 މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ