ސްޓެލްކޯގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދީފި

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކޮށް ކަރަންޓްދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ ދެ އިންޖީނަށް މައްސަލަ ދިމާވެ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ މިއަދު ހެނދުނު 09:25 ހާއިރުއެވެ.
ކަރަންޓް ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނުގެ ބައެއް ހިސާބުތަކާއި މައްޗަންގޯޅި އާއި ހޭންވޭރުގެ ބޮޑު ބައެއް ހިމެނެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓްދޭން ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ