ވަރިވުމުގެ އިޚްތިޔާރު ކޯޓުން އަނބިމީހާއަށް ދިނުމުން އަނބިމީހާ އާއި ދައްތަ ގައަށް ވަޅި ހަރާ މަރާލައިފި

ވަރިވުމުގެ އިޚްތިޔާރު ކޯޓުން އަނބިމީހާއަށް ދިނުމުން ސައުދީ ނޫސްވެރިއަކު އޭނާގެ އަނބިމީހާ އާއި އަނބިމީހާގެ ދައްތަގެ ގައަށް ވަޅި ހަރައި މަރާލައިފިއެވެ.
ކޯޓުގެ ނިންމުމާއި ގުޅިގެން ނޫސްވެރިޔާ، ގެއަށް ގޮސް އޭނާ ބޭރުން ގެއަށް އަންނަންދެން އިންތިޒާރުކުރުމަށްފަހު ގެއަށް އައުމުން މަގުމަތީގައި ހުރެފައި ވަޅި ހަރައި މަރައިލީއެވެ. އަދި އެއަށްފަހު ގެއަށް ވަދެ ދައްތަގެ ގައަށް ވަޅިހަރައި މަރައިލީ ދައްތަގެ ތުއްތު ދަރިންތަކުގެ ކުރިމަތީގައެވެ.
ދައްމާމްގެ ކޯޓަކުން މީގެ 3 ހަފްތާ ކުރިން އަނބިމީހާއަށް ވަރިވުމުގެ ޙައްޤު ދިނީ ދެމަފިރިންގެ މެދުގައި ޖެހެމުން އައި މައްސަލަތައް 15 އަހަރުވީއިރުވެސް ޙައްލު ނުކުރެވުމުންނެވެ. އެކަމަށް ޢާއިލާ އިން ކުރި މަސައްކަތްތައްވެސް ނާކާމިޔާބުވުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނޫސްވެރިޔާ ރުޅިގަދަވީ އޭނާގެ ގެއާއި ކާރު އަނބިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްދެވިފައިވާތީ އަނބިމީހާ ވެރިވެއްޖެނަމަ ފެއާއި ކާރު ގެއްލިދާނެތީއެވެ. ނަމަވެސް އެކަމަށް އޭނާ އަނބިމީހާ އާއި މަޝްވަރާކޮށްފައެއް ނުވެއެވެެ.
ފުލުހުން އައި އިރުވެސް އޭނާ އެތަނުގައި ހުއްޓެވެ. ފުލުހުން އައުމުން ހަމަޖެހިލައިގެން ހުރެ ބުނީ ކާރުގެ އިންޖީނު ނިިވައިލުމަށްފަހު ރަނގަޅު ތަނެއްގައި ޕާކުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ