ކެންދޫ ދާއިރާގެ އިންތިހާބު އެއްކޮށް ބާތިލް ކުރާވަރުގެ ހެއްކެއް އެމްޑީޕީން ހުށަހަޅާފައި ނެތް ކަމަށް އިކެކްޝަންސް ކޮމިޝަން (އީސ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކެންދޫ ދާއިރާގެ މުޅި އިންތިހާބު ބާތިލު ނުކުރިނަމަވެސް، ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އީސީގެ ކޮމްޕްލެއިންސް ބިއުރޯގެ ދެ މެމްބަރަކު ކެންދޫ ދާއިރާއަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ.
ނަމަވެސް އެ ދެ އޮފިޝަލުން ފޮނުވާނީ ދާއިމީ ނަތީޖާ އިއުލާނުކުރުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލްކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދުނު އިރު އެމްޑީޕީގެ ކެންޑިޑޭޓް ދިޔައީ އެެދާއިރާގެ އިންތިޚާބުން ދެވަނަ އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ޝަކުވާގެ ގޮތުގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ.
އެމްޑީޕީން ހުށަހެޅި ޝަކުވާ ގައި ބުނެފައި ވަނީ ވޯޓް ފޮށްޓަށް ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 02:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށާއިއޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބާ ގުޅިގެން 26 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު 5 ދާއިރާއެއްގެ ފޮށިތައް އަލުން ގުނާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ އިންތިހާބު އަލުން ބާއްވަންޖެހޭ ސަބަބެއް ނެތް – އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ