ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބަލަން ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނިންމައިފިއެވެ.ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު، އެ ކޮމިޝަނުން މިހާރުވެސް ދަނީ އޭނާގެ މައްސަލަތަކެއް ބަލަމުންނެވެ.ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ އިތުރު މައްސަލައެއް އޭނާގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ޖޭއެސްސީގެ މެންބަރުން ކަމުގައިވާ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ފަނޑިޔާރު މުހައްމަދު އީސާފުޅުގެ އިތުރުން ހިސާން ހުޞައިން އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.މީގެކުރިން އެ ކޮމިޓީން ތަހުގީގު ހިންގުމަށްފަހު ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ވަނީ ކޮމިޝަނަށް ހުށަހަޅާފައެވެ.ޖޭއެސްސީން ވަނީ އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ޖުލައި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ