މާދަމާ ހަވީރު ސިފައިންގެ ހެވިކަމުގެ ހަރަކާތްތަށް ބާއްވަނީ

ސިފައިންގެ ހެވިކަމުގެ ދައްކާލުން މާދަމާ ޖުމުހޫރީ މައިދާނުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.އެމްއެންޑީއެފްއިން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް ޑްރިލް ސްކޮޮޑްގެ ހެވިކަން ދައްކާލުން މާދަމާ ޖުމުހޫރީ މައިދާނުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 04:45 ގައެވެ.ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތާއި ގުޅިގެން މާލެއާއި ހުޅުމާލެ ވަނީ ހެވިކަން ދައްކާލާފައެވެ. އަދި މިއަދު ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ޑްރިލް ސްކޮޑްގެ ހެވިކަން ދައްކާލުން އޮންނާނެއެވެ. ވިލިމާލޭގައި ބާއްވާ ހެވިކަން ދައްކާލުން ފެށުމަށް ހަމަޖެހިފައި މިއަދު ހަވީރު 04:45 ގައެވެ.އެމްއެންޑީއެފް ޑްރިލް ސްކޮޑުން ހުށަހަޅައިދޭ ޑްރިލް ޑިސްޕްލޭއަކީ އެއްވެސް ކޮމާންޑެއް ނެތި ހުށަހަޅައިދޭ ހެވިކަމުގެ ހަރަކާތްތަކެއް ކަމަށާއި މި ޑްރިލް ޑިސްޕްލޭތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ