މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 520 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި

މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މީދޫއަށް ގެނެއުމަށް ހަމަޖެހުނު ޖަނަރޭޓަރު މިއަދު ހެނދުނު މީދޫއަށް ގެނެސްފިއެވެ.
 
ޖަނެރޭޓަރު ބޭލުމަށްފަހު އިންޖީނުގެއަށް ގެންދިޔުމުގެ މަސައްކަތް ފެނަކަ މީދޫ ބުރާންޗުގެ މުވައްޒަފުން މިހާރު އަންނަނީ ކުރަމުންނެވެ. ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗުން މީގެ ކުރިން މަޢުލޫމާތު ދިންގޮތުގައި ޖަނެރޭޓަރު އިންސްޓޯލްކޮށް އެ ޖަނަރޭޓަރުން ކަރަންޓު ދިނުމަށް ހަފްތާއެއްހާ ދުވަސް ނަގާނެއެވެ. މިއަދު މީދޫއަށް ގެނެސްފައިވަނި 520 ކިލޯވޯޓުގެ ޖަނަރޭޓަރަކެވެ.
މީދޫއަށް ކަރަންޓުގެ މައްސަލަ ދިމާވާތާ އަހަރެއްހާ ދުވަސްވެފައިވާއިރު އަލަށް މި ގެނެވުނު ޖަނަރޭޓަރާއިއެކު ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ. ރޯދަކުރިން މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވެއްޖެނަމަ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ