ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ނަގަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވަން - ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ވަކި މަޤުސަދެއް ބަޔާންކުރުމަކާއި ނުލާ ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އަދި ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރައީސް ޔާމީނުގެ ދެކަނބަލުން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އިތުރު ދެ ބޭފުޅަކަށް އަނިޔާވުމާއި ގުޅިގެން ، މި ހާދިސާ ތަހުޤީޤުކޮށް ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ފަރާތްތަކުން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ