ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕް: ރޭގެ މެޗްތައް ވިންސިއާ އަދި ކޮފް އިން ކާމިޔާބު ކޮށްފި

ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕް ރޭ ފަށާފައިވާއިރު، ފުރަތަމަ މެޗް ލަޔަންސް އާ ވާދަކޮށް 7-4 ގެ ނަތީޖާއަކުން ވިންސިއާ އިން ކާމިޔާބު ކޮށްފިއެވެ.
ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗް ވާދަވެރި ކުޅުމަކަށްފަހު މިދިޔަ އަހަރުގެ ޗެމްޕިއަން ވިންސިއާ ކާމިޔާބު ކޮށްފައިވާއިރު، މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންސިއާގެ ހަސަން މުނާޒެވެ.
މި މުބާރާތުގައި ރޭ ދެމެޗް ކުޅެފައިވާއިރު، ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ކޮފް އާއި އެގްޒިޓޯ ބައްދަލު ކުރި މެޗް ކޮފްއިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮފް ގެ ނިޔާޒް މަންސޫރެވެ.
ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕް--- ފޮޓޯ: ޔަންކޯއެމްވީ/އަބްދުއްﷲ ޔަޝައު
މިއަހަރު 10 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި މިއަދު ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ތިންމެޗް ވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ