ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ރޭ ކުރި ހުކުމާ މެދު ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ އެ މީހެއް ހާޒިރުގައި ޝަރީއަތް ކުރެވުމާއި ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތް ކުރެވުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އެ ހައްގުތަކުން ގާސިމް މަހްރޫމް ކުރުމުން ކަންބޮޑުވާ ކަމަށެވެ.
Concerned by denial of @qasimibrahim 's constitutional rights. Every defendant has the right to be tried in his presence in open court 1/2— Maumoon Abdul Gayoom (@maumoonagayoom) August 25, 2017
މައުމޫންގެ ޓްވީޓްގާސިމްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ކުރި ހުކުމަކީ އާ ގާނޫނު އަސާސީ އައިފަހުން އެގޮތަށް ކުރި ދެވަނަ ހުކުމެވެ. މީގެކުރިން ޣައިރު ހާޒިރުގައި ހުކުމެއް ކުރީ ޑްރަގްގެ ބޮޑު މައްސަލައެއްގައި ޝަރީއަތް ހިންގައި، ހުކުމާ ހިސާބުގައި މައްސަލަ އޮއްވާ ފިލައިގެން އުޅުނު މީހެއްގެ މައްޗަށެވެ.
ގާސިމްގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އިއްޔެ މެންދުރު ބާއްވަން ހަމަޖައްސާފައި ވަނިކޮށް ކޯޓު ތެރެއަށް ގާސިމް ވެއްޓިވަޑައިގެން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް ކޯޓުން ނިންމީ ރޭ 11:00 ގައި އެ މައްސަލައިގެ ފަހު އަޑުއެހުން ބޭއްވުމަށެވެ. އެ އަޑުއެހުމަށް ގާސިމާއި ވަކީލުން ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ ކަން ކޯޓުން އެންގި އެވެ. އެކަމަކު ގާސިމް ވެސް އަދި ވަކީލުން ވެސް ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.
ގާސިމްގެ ޣައިރު ހާޒިރުގައި ކުރި ހުކުމަށް ކަންބޮޑުވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ