އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލައާ ގުޅިގެން ފެނަކަ މަޖިލިހުގެ ކޮމިޓީއަށް ހާޟިރު ކުރަނީ

އައްޑޫ ސިޓީ އިން ކަރަންޓު ކެނޑޭ މައްސަަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ފެނަކަ ކުންފުނި ހާޟިރުކޮށްދިނުމަށް މެންބަރުން އެދިއްޖެއެވެ.
މިކަަމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި, މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހާއި, މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ އަމީން އާއްމަށް ފޮނުއްވި ސިޓީއެއްގައެވެ.
މިސިޓީގައި މެންބަރުން ވަނީ އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުންނާއި, މިމައްސަލަ އަށް ދާއިމި ޙައްލެއް ގެނައުމުގެ ގޮތުން އެކުންފުނިން ކުރަމުންދާ މަސައްކަތަކީ ކޮބައިކަން އެހުމުގެ ގޮތުން އެކުންފުނި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް ހާޟިރުކުރަން އެދެ ކަމަށް ބުނެފައެވެ.
މިސިޓީގައި މެންބަރުން ވަނީ ކޮންމެ ދުވަހަކު ވެސް އެތައް ފަހަރެއްގެ މަތިން ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އުދަނގޫތަކެއް ވަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން އޯލެވެލް ޓެސްޓް ހަދަމުންދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާކަމާއި, އިރު އިރު ކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ ގެންގުޅެ ބައެއް އިލެކްޓްރޯނިކް ސާމާނު ހަލާކު ވަމުންދާ ކަން ވެސް މިސިޓީގައި މެންބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ