ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައީސް ޔާމީނުގެ ބޭބޭފުޅު މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ކުނޫޒުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫނު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިކުމެ ވަޑައިގެންނެވީ ހެޔޮ ނިޔަތުގައި ކަމުގައެވެ.
ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު ޕީޕީއެމްގެ ވިސްނުމާއި ފިކުރާއި ގާނޫނު އަސާސީއާއި ހިލާފަށް ރައީސް ޔާމީން އަމަލު ކުރަށްވަމުން ގެންދެވިކަމަށާއި އެކަމުގެ ސަބަބުން މައުމޫނުވެސް ބަދުނާމްވަމުން ދިޔަ ކަމަށް މައުމޫން ވިދާޅުވިއެވެ.
ހެޔޮ ނިޔަތެއްގައި އެމަނިކުފާނު ކުރެއްވި ކަމެއް އެހެން ގޮތަކަށް ބަދަލުވެ ދިއުމުން ވަރަށް ހިތާާމަކުރައްވާކަމަށް ވިދާޅުވެ މައުމޫން ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ޔާމީނަށް ތާއީދު ކުރެވުނީތީ މައާފަށް އެދެން: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ