ފާރިސްގެ ބަންދަށް 100 ދުވަސް: ރައީސް މައުމޫން ވިދާޅުވަނީ މިއީ ސީދާ އަނިޔާވެރިކަން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށްފައި ހުންނަވާތާ 100 ދުވަސްވުމާ ގުޅިގެން، ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރިޝްވަތު ދިނުމުގެ ތުޙުމަތުގައި ފާރިސް ހައްޔަރުކޮށް، އޭރު ނުއުފުލާ ދައުވާއެއްގެ ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ފާރިސް ހައްޔަރުކޮށްފައި ހުންނަތާ 100 ދުވަސްވުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޙައްޤަކާއި ނުލައި، އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ ސީދާ އަނިޔާވެރިކަން ކަމަށެވެ. މި ޓްވީޓާ އެކު ރައީސް މައުމޫން އެޓޭޗްކުރައްވާފައިވާ ފޮޓޯއެއްގައި ވަނީ ފާރިސް ކުރެއްވި ހަމައެކަނި ކަމަކީ، ސަރުކާރުގެ ބޭއިންސާފާ ދެކޮޅަށް އަޑުއުފުއްލެވުން ކަމަށެވެ.
Keeping any person in arbitrary detention for a 100 days is pure tyranny. #FreeFarisNow pic.twitter.com/a5nympunjh
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު ވަކިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ބައެއް ފަރާތްތަކަށް ރިއްޝްވަތު ދެއްވުމަށް ހުށަހެޅުއްވި ކަމަށް ތުޙުމަތުކޮށް ފާރިސް ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ފާރިސްގެ ޤާނޫނީ ޓީމުން ފާރިސް މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޝަރުޢީ ދާއިރާގެ އެއްވެސް ހަރުފަތަކުން އެ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ