ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އިތުރު ބަޔަކާ ގުޅިގެން ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން، ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ހުންނަވާނީ "ރައްޔިތުންގެ ފަޅީގައި" ކަމަށެވެ. އަދި ޚިދުމަތް ކޮށްދެއްވަނީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކަން ފާރިސް އަށް އެނގިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
UPDATE: Faris ge apartment adhives faaskuranee
Mihaaru
"އެކަން އޭނާ ރަނގަޅަށް ވަޒަންކުރޭ. އެހެންވީމާ އޭނާގެ އަޒުމަކަށް، ހިތްވަރަަކަށް އެއްވެސް ބަދަލެއް ނާންނާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ފާރިސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ފާރިސް ނުހިންގަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަމާ ބެހޭ އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އެހެން ދެންނެވިޔަސް ދަލީލަކީ އެ މީހަކު ބޭނުންވެއްޖިއްޔާ އުފެއްދިދާނެ ދެއްތޯ. ފިސްތޯލައެއް ވެސް ފެނިދާނެ. އަދި އެހެން އެއްޗެއް ވެސް ފެނިދާނެ،" ދަރިކަލުންގެ ދިފާއުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ "އަޅުގަނޑުމެންނަކީ މާތް ﷲގެ ހެޔޮރަހުމަތްފުޅާއެކު މާ ތެދުވެރި، ވަފާތެރި ބައެއް" ކަމަށެވެ.
ތަފުސީލް އަންނަނީ...
ފާރިސް އަކީ ހިތްވަރުގަދަ މީހެއް، އަޒުމަކަށް ބަދަލެއް ނާންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ