ނަމާދުކުރުމަށާއި މަހަށް ދިއުމަށް މީހެއްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މިއަމުރު ނެރުނީ މީގެ ދެތިން ހަފްތާ ކުރިން ގަމުގައި ދެގްރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ސަބަބުން ފުލުހުން ހައްޔަރުކުރި ޒުވާނެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެޒުވާނާގެ މައްޗަށް އަމުރު ނެރުނީ އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓަށް ހާޒިރު ކުރުމުން މިއަދު އޭނާ ދޫކޮށްލުމުގެ ކުރިން މެޖިސްޓްރޭޓް އޭނާގެ މައްޗަށް ކުރި ޝަރުތެއްގެ ގޮތުގައެވެ.
ޝަރުތު ތަކަކާއެކު އޭނާ ދޫކޮށްލުމަށް މިއަދު ކޯޓުން އަމުރު ކުރިއިރު، ކޯޓުން އިޤުރާާރުކޮށްފައި ވަނީ ކުރިޔަށް އޮތް ހަމަސް ދުވަހު އޭނާ ރޭގަނޑު 10:00 އިން ހެނދުނު 7:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، އާމްދަނީ ހޯދުމަށްޓަކައި މަހަށް ދިޔުމަށާއި، ރަށުގައި ޤާއިމުވެ ހުންނަ ނަމަ ބަރާބަރަށް މިސްކިތަށްގޮސް ނަމާދު ކުރުމަށާއި މިސްކިތުގައި ދީނީ ދަރުސެއް ދޭނަމަ އެ ދަރުސެއް އަޑުއެހުމަށެވެ.
ކޯޓުން އިޤުރާރުކުރުވި އެއްވެސް ކަމަކާ ޚިލާފްވެއްޖެ ނަމަ، ހައްޔަރު ކުރަން އަމުރު ނެރޭނެކަމަށްވެސް އޭނާއަށް ވަނީ އަންގާފައެވެ.
ނަމާދުކުރުމަށާއި މަހަށް ދިއުމަށް މީހެއްގެ މައްޗަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ