އުރީދޫން ފަހިކޮށްދިން ފުރުސަތާއެކު މިފަހަރު މެސީއާ ބައްދަލުކުރަނީ އަބްދުﷲ ޔައުޤޫބް !

އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑާ، އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އާއި އެކު “ޓުގެދަރ ވީ ކޭން ޑޫ ވޮންޑަރޒް” ގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕޭންގެ މި ފަހަރުގެ ނަސީބުވެރިއަކަށް އަބްދުﷲ ޔައުޤޫބް ހޮވިއްޖެ އެވެ.
މި ކެމްޕޭންގައި ރާއްޖެއިން ހޮވިފައިވަނީ އަބްދުﷲ ޔަޤޫބް ކަން އިއުލާނުކޮށްފައިވަނީ އިކުއެޓިކް ވައިބްގެ މިއުޒިކާއެކު ވައިލްޑް އެންޑް ވުޑް ކެފޭގައި އުރީދޫއިން މިރޭ ކުރިއަށްގެންދިޔަ އުރީދޫ ގިގް ނައިޓްގަ އެވެ. މިކަން އިއުލާނު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.
އުރީދޫގެ މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ މިކެމްޕެއިންގެ ދަށުން www.standforgood.com ވެބްސައިޓްގައި، “ސްޓޭންޑް ފޯ ގުޑް” ގެ ނަމުގައި ގާއިމްކުރި އޮންލައިން ސްޓްރެޓެޖީ ގޭމެއް މެދުވެރިކޮށެވެ. މިގޭމްގެ ބައިވެރިންގެ މަގްސަދަކަށް ވެގެންދަނީ، އުރީދޫ ނިސްބަތްވާ ގައުމުތަކުގައި ހިމެނޭ ފުޓުބޯޅަ ދަނޑަކަށް ވެބްސައިޓް މެދުވެރިކޮށް “ޗެކް-އިން” ކުރުމަށްފަހު، 12 ގަޑި އިރު ވަންދެން އެދަނޑު ކެޕްޗަރ ކޮށްގެން ހުރުމެވެ. މިކަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ލަކީ ޑްރޯ އެއް މެދުވެރިކޮށް، ބާސެލޯނާ އަށް ދެކޮޅު ޓިކެޓާއި އެކު މެސީ އާއި ބައްދަލުވެ، މެސީގެ ފުޓުބޯޅައިގެ ހުނަރު ހަމަލޮލުން ދެކިލުމުގެ ފުރުޞަތު ލިބިދާނެ ކަމަށް އުރީދޫއިން ކުރިން ވަނީ ބުނެފަ އެވެ.
އުރީދޫއިން ކުރިން ބުނެފައިވަނީ މި ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް އުރީދޫގެ މާކެޓްތަކުގައި ރައްޔިތުންގެ މަންފާ އަށް ޓަކައި ކުރިއަށްގެންދާ ބައެއް ހަރަކާތްތަކަށް އެއްބާރުލުންދިނުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. މީގެތެރޭގައި ލިއޯ މެސީ ފައުންޑޭޝަން އާއި ޕަރޓްނާވެ އުރީދޫގެ ބައެއް މާކެޓްތަކުގައި ކުރިއަށްގެންދާ މޮބައިލް ހެލްތް ކްލިނިކްތައް ފަދަ ޕްރޮޖެކްޓްތައް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ