ކޯޓު އަމުރަކާއި ހިލާފުވި ފުލުހަކަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތު ގއ. ޖުޑީޝަލް ދާއިރާގެ ކޯޓު ތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ސަސްޕެންޑު ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ކޯޓުގެ ހުރުމަތް ކަނޑާލި މީހަކު ބަންދުގައި ބަހައްޓަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވަނިކޮށް ބަންދު ކުރުމަށް އަމުރުކުރި މީހާ ފުލުހުން ދޫކޮށްލުމުން ލާންސް ކޯޕްރަލް، އިސްމާއީލް އަބްދުﷲ އަށް އެ އިރާގެ ކޯޓުތަކުގައި ވަކާލުތު ނުކުރެވޭނެ ކަމަށްބުނެ އަމުރު ނެރުނުކަން އަންގާފައިވާ ކަމަށެވެ. އަދި ކޯޓުތަކުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ބުނެ އެ ފުލުސްމީހާ ސަސްޕެންޑް ކޮށްފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.
"ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ އެ ގޮތަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ގޮތަށް ސަސްޕެންޑެއް ނުކުރެވޭނެ. ފުލުހުން ކުށްވެރިން ހައްޔަރު ކުރަން ބުނަނީ ވަކި ސަބަބުތަކެއް ހުރީމަ. ކޯޓުގެ ހުރުމަތް ކަނޑާލާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހުތިޔާރު ކޯޓަށް ލިބިގެންވޭ. އެމީހުންނަށް އަދަބު ދިނުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ނޫން. ތަހުގީގު ނިމުނީމަ ދޫކޮށްލުމުގެ އިހުތިޔާރު މައްސަލަ ބަލާ ފުލުސް މީހާ އަށް ލިބިގެންވޭ، އަޅުގަނޑުމެން މިދަނީ އެކަން ބަލަމުން،" ފުލުސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅޭގޮތުން މީޑިޔާގައި ފުލުހުންނާ ބެހޭގޮތުން ތަފާތު ހަބަރުތައް ފެތުރާފައިވާ ކަމަށާއި، މިކަމުގެ ފުރިހަމަ މައުލޫމާތު މީޑިޔާތަކަށް ހިއްސާކުރަން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ވިލިނގިލީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން 14 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެރަށު ސީސަންގޭ މުހަންމަދު ޒާހިރެވެ.
ވިލިނގިލީ ކޯޓުން ފުލުހަކު ސަސްޕެންޑް ކުރި މައްސަލަ މިދަނީ ބަލަމުން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ