ބެލެނެވެރިން ބަންދުކުރި އިސްދޫ ސްކޫލް ހުޅުވައިފި، އަދިވެސް އިހުތިޖާޖުގައި

ލ. އިސްދޫ ސްކޫލްގައި ޕްރިންސިޕަލެއް ނެތުމާއި ބައެއް ފޮތްތައް ހަމަނުވާ ކަމަށް ބުނެ އެރަށުގެ ބައެއް ބެލެނިވެރިން ނުކުމެ ސްކޫލް ކައިރީ އިހުތިޖާޖު ކުރަން ފަށައިފި އެވެ. ބެލެނިވެރިންތައް މިއަދު ވަނީ ސްކޫލް ބަންދު ވެސް ކޮށްފަ އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ސްކޫލް ހުޅުވާފަ އެވެ. ސްކޫލް ހުޅުވި ނަމަވެސް އަދި ކިޔަވައިދޭކަށް ނުފަށަ އެވެ. ފުލުހުން މެދުވެރިކޮށް ފަހުން ތަޅު ނައްޓާލައިފާ އިރު، ބެލެނިވެރިން އެ ތަނުގައި އަދިވެސް ތިބި ކަމަށް ކައުންސިލުން ބުންޏެވެ. "ބެލެނިވެރިންގެ ޑިމާންޑަކީ ސްކޫލްގަ ޕްރިންސިޕަލެއް ނެތީމަ ޕްރިންސިޕަލެއް ހަމަޖައްސައިދިނުން. ރަނގަޅު ފެންވަރެއްގެ ޕްރިންސިޕަލަކަށް ބަލައިލަން ޖެހޭ. އޭގެ އިތުރުން އިމާރާތްކުރަން ފަށަފައި ހުރި ދެބުރި އިމާރާތް ގެ ވެސް އަމަލީ މަސައްކަތެއް ސަރުކާރު ސައިޑުން ނުފެންނާތީ އެކަން ވެސް މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ،" އޭނާ ވިދާޅުވީ އެ ސްކޫލްގެ ލައިބްރަރީގައި ހުރި ކޮމްޕިއުޓަރުތައް ވެސް ހުރީ އަނދާފައި ކަމަށާއި އެކަމާ ވެސް ބެލެނިވެރިންގެ ކަންބޮޑުވުން ހުރި ކަމަށެވެ. އާބާދީގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިސްދޫ ސްކޫލްގައި 260 ކުއްޖަކު ތައުލީމް ހާސިލް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ