އދ. ދަނގެތީ ރައްޔިތުންގެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން އެރަށު ރައްޔިތުން ނިންމައިފި އެވެ.
'ސަން' އަށް މައުލޫމާތުދެއްވަމުން ދަނގެތީ ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު މުހައްމަދު މިއަދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ ރަށުގެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން ކަމަށެވެ.
"އަޅުގަނޑުމެން ބޭއްވިން ބައްދަލުވުމެއް. އެބައްދަލުވުމަށް ހާޒިރުވީ 49 ރައްޔިތުން. ދެން ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން އެފަދަ ބައްދަލުވުންތަކަށް އަންނަ މީހުންނަކީ ރަށުގެ ރައްޔިތުން ކަމަށް ބަލާ އެރައްޔިތުންގެ އަގުލަބިއްޔަތުން ކަމެއް ފާސްވެއްޖެނަމަ އެކަމެއް ކުރެވޭނެ. އެހެންވެސް އެގޮތަށް އަޅުގަނދުމެން ނިންމީ،" ހަންނާނު ވިދާޅުވި އެވެ.
ގާތްގަނޑަކަށް އެއްހާހަށް ވުރެއް ގިނަ ރައްޔިތުން އުޅޭ ދަނގެތި އިންޖީނުގެ މިހާރު ހިންގަމުން އަންނަނީ ރަށު ރައްޔިތުން ނެވެ. އެގޮތުން އިންޖިނުގެ ކަންތައްތައް ބެލުމަށް ހަވާލުކޮށްފައި ވަނީ ކައުންސިލުން ހަމަޖައްސާފައިވާ ބޭފުޅަކާއެވެ.
"ރައްޔިތުން އިންޖީނުގެ ހިންގަމުން އައިއިރު ތަފާތު ކަންތައްތަކާއި އައީ ދިމާވަމުން. އެގޮތުން މި ފަހަކަށް އައިސް ދޭތެރެއަކުން ކަރަންޓު ކަނޑައިގެން ދިއުން ފަދަ ކަންތައްތައް އައީ ދިމާވަމުން. އެހެންވީމަ އަޅުގަނޑުމެން އެންމެން ވެސް އުއްމީދު ކުރަނީ ސްޓެލްކޯއަށް ހަވާލުކުރުމުން އެކަންކަމަށް ހައްލެއް ލިބިގެންދާނެ،" ހަންނާނު ވިދާޅުވި އެވެ.
ހަންނާނު ވިދާޅުވީ ދަނގެތީ ރައްޔިތުންގެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ.
ދަނގެތީ ރައްޔިތުންގެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ