ގަމު ދާއިރާގެ މެންބަރު ފައްޔާޒުގެ ބަންދަށް 15 ދުވަސް

މާލޭގައި ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
ފައްޔާޒުގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން ފުރަތަމަ ނިންމީ 60 ދުވަހަށް މުޒާހަރާތަކުގައި ބައިވެރިނުވުމަށް އެދި ޝަރުތުކޮށް އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް ފައްޔާޒު އެކަމަށް އިންކާރު ކުރުމުން ވަނީ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބުގެ އިތުރުން، އިތުރު 22 މީހަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރީ ރޭ ހައްޔަރުކުރި 25 މީހުންގެ ތެރެއިން 3 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ