ޓެރަރިޒަމާ ދެކޮޅަށް ތަޤްރީރު ކުރެއްވުމަށް މައުމޫން މައްކާއަށް ފުރާވަޑައިގެންފި

ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސުޕްރީމް ކައުންސިލުން ޓެރަރިޒަމާ ދެކޮޅަށް ބާއްވަވާ ބައިނަލްއަޤްވާމީ އިސްލާމީ ޖަލްސާގައި ތަޤްރީރު ކުރެއްވުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މައްކާއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު މައްކާއަށް ފުރައިވަޑައިގަތީ މިއަދު ހެނދުނުއެވެ.
ރައީސް މައުމޫނަކީ، ރާބިތަތުލް ޢާލަމިލް އިސްލާމީގެ ސުޕްރީމް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެ ކައުންސިލުގައި، ޢިލްމީ ގޮތުން މަޝްހޫރު 60 ބޭފުޅުން ހިމެނޭ އިރު، ރައީސް މައުމޫން އަބްދުލްޤައްޔޫމް އެކައުންސިލަށް އައްޔަން ކުރެވުނީ 1982 ވަނަ އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ