13 އަދި 14 ވަނަ ޓަވަރަށް މިއަދު ކަރަންޓު ދޭނެ: ސްޓެލްކޯ

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން 13 އަދި 14 ވަނަ ޓަވަރަށް މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށެވެ
ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ