ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ތިން ވަނަ ބުރު ކުޅުދުއްފުށީގައި ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ތިން ވަނަ ބުރު ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ކޯހުގައި އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.
އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވަލް 5 ގެ ކޯހެކެވެ. އަދި މިކޯހުގެ ފުރަތަމަ މޮޑިއުލްގެ ކުލާސްތައް މިހާރު ކުރިއަށް ދަނީ ޤަޢުމީ ޔުނިވާސިޓީ ގެ ކުޅުދުއްފުށީ ކެމްޕަހުގައެވެ.
މި ކޯހުގައި އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ހއ, ހދ އަދި ށ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ،ރ,ބ,ޅ އަތޮޅާއި ނޯތު ސެންޓުރަލް ޕޮލިސް ރީޖަންގައި ހިމެނޭ ކ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 28 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު (34/2020)ގައި ތަޙްޤީޤުކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަޙްޤީޤުކުރުމާ ގުޅުންހުރި
ދާއިރާއެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޤަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ