ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި އެމްނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓް ދެއްވުމަކީ މެންބަރުނަށް އޮތް ހައްގެއްކަމަށާއި އެކަމާއި ގުޅިގެން މަޖިލީސް މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއިރު, މަސީހުގެ ވޯޓާއި ގުޅިގެން މެންބަރުނަށް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ގިނަ މެންބަރުން ގެންދަަވަނީ ވިދާޅުވަމުންނެވެ.
މަސީހާއި ދެކޮޅަށް ވޯޓް ދެއްވައިފިނަމަ އެ މެންބަރަކަށް ގެއްލުމާއި ކުރިމަތިވާނެކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް ޔާމީނަށް ތާއީދު ކުރާ ބައެއް މެންބަރުން ގެންދަވަނީ އިދިކޮޅު މެންބަރުނަށް އިންޒާރުވެސް ދެއްވަމުންނެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު މިހާރު އިންތިހާބުވީ ހައިސިއްޔަތު ބަދަލުކޮށްފައިވާ ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ މަސީހު ވަކިކުރަން ވޯޓުލާންވީކަމަށް ވިދާޅުވެ މެންބަރުނަށް އިންޒާރު ދެއްވާފައެވެ.
މަސީހާ ދެކޮޅަށް ވޯޓު ދޭ މެންބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށްވެސް އިލްހާމް ވަނީ ވިދާޅުވެފައެވެ.
މަސީޚްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މެންބަރުންނަށް ބިރެއް ނުދެއްކޭނެ- ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ