އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކުން ރ. މީދޫ އިންޖީނުގެ ސަރުކާރާ ހަވާލުކުރަން ރޭ ފާސްކޮށްފި އެވެ.
ރަށު ސްކޫލުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 367 މީހުންގެ ތެރެއިން 350 މީހަކު ވަނީ އިންޖީނުގެ ސަރުކާރާ ހަވާލުކުރަން ތާއީދުކޮށްފަ އެވެ.
ރައްޔިތުން އިންޖީނުގެ ހިންގަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 17 މީހުންނެވެ.
މީދޫ އިންޖީނުގެ މިހާރު ހިންގަނީ ރަށު ކައުންސިލުންނެވެ.
އިންޖީނުގެ ސަރުކާރާ ހަވާލުކުރުމާ ބެހޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ ކޮންމެ ދުވަހަކު ވެސް ކަރަންޓް ކެނޑެމުން ދާތީ ކައުންސިލްގައި އާއްމުން އެދިގެންނެވެ.
އިންޖީނުގެ އަށް މާލީގޮތުން އެތައް ގެއްލުންތަކެއް ލިބެމުން ދާ އިރު އިންޖީނުތައް މަރާމާތުކުރެވޭނެ ގޮތެއް ނެތް ކަމަށް ކައުންސިލުން އައީ ބުނަމުންނެވެ.
ރ. މީދޫ އިންޖީނުގެ ސަރުކާރާ ހަވާލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ