އައްޑޫ ސިޓީގެ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް އަންނަ މަހު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސއިން އައްޑޫ ސިޓީގައި ބާއްވާ ސްކޫލްކުދިންގެ 4 ވަނަ ފެތުމުގެ މުބާރާތާއި 2 ވަނަ ސްވިމިންގ ފެސްޓިވަލް އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމް ކުރެވިފައިވާ ފަތާފެންގަނޑުގައި މި ދެ މުބާރާތުގެ ތެރެއިން ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 އިން 15 އަށެވެ. އަދި ކިޑްސް ސްވިމިން ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.މި ސްވިމިން ފެސްޓިވަލަކީ އައްޑޫ ސިޓީގެ ސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގައި ހިމެނޭ އުމުރު ފުރާތަކަކީ 6 އަހަރުންދަށާއި، 8 އަހަރުންދަށް އަދި 10 އަހަރުންދަށެވެ.ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ބަހާލެވިފައިވަނީ 4 އުމުރުފުރާ އަކަށެވެ. އެގޮތުން އެ މުބާރާތުގައި ހިމެނޭ އުމުރުފުރާ ތަކަކީ 12 އަހަރުންދަށާއި، 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. މި ހަތަރު އުމުރުފުރައިގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.މި މުބާރާތުގައި ވާދަކުރަން ބޭނުންވާ އައްޑޫ ސިޓީގެ ސްކޫލްތަކަށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު، 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ