ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި 18 ފަރާތަކަށް ފްލެޓް ޔަޤީންވިކަމުގެ ސިޓީ ފޮނުވައިފިން - މުއިއްޒު

ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން 18 ފަރާތަކަށް ފްލެޓް ޔަޤީންވި ކަމުގެ ސިޓީ ފޮނުވާފަ ވާނެކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ހައުސިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓާރ ޑރ މުހައްމަދު މުއިއްޒް ވިދާޅުވީ ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓް ދޭނެކަމުގެ ޔަޤީންކަން ކުރިންވެސް ރައީސް ޔާމީން ދެއވާފައި ވާނެ ކަމަށާ، އެ ހުރިހާ ފަރާތް ތަކަކަށްވެސް ފްލެޓް ލިބޭނެކަމަށެވެ. އެގޮތުން އެންމެފަހުން ސަރުކާރުން ހުޅުމާލޭގައި އެޅި 704 ހައުސިން ޔުނިޓްގެ ތެރެއިން 18 ހައުސިންގ ޔުނިޓް، ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތަކަށް ޔަޤީންވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ފްލެޓްތައް ޔަޤީންވި 18 ފަރާތަށް ފްލެޓް ލިބުނުކަމުގެ ސިޓީ މިހާރު ފޮނުވާފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބާކީ ފްލެޓް ނުލިބި ތިބި 140 ފަރާތަށް، މިހާރު އަޅަން ނިންމާފައިވާ 7000 ހައުސިން ޔުނިޓް ނިމުމުން ފްލެޓް ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަޝީދުގެ ސަރުކާރުން ވަނީ ގުޅީފަޅު ތަރައްގީ ކުރުމަށް ކަމަށް ބުނެ، ގުޅީފަޅުގައި ފްލެޓް އިމާރާތް ކުރުމަށް ރައްޔިތުން ތަކެއްގެ އަތުން ފައިސާ ނަގާފައެވެ. އެހެން ނަމަވެސް އެކަންތައް ތައް ކުރިއަށް ނުގޮސް އެތައް ބައެއްގެ ދިރިއުޅުމުގެ އުއްމީދު ތަކަށް ފަނޑުކަން އައިސްފައިވުމާއި ގުޅިގެން އެފަރާތްތަކަށް ހުޅުމާލެއިން ފުލެޓް ދޫކުރަން ރައީސް ޔާމީން ވަނީ ނިންމާފައެވެ. މި ނިންމުމާގުޅިގެން ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްރަކަށް ހުޅުމާލެ އިން ފްލެޓް ހަމަޖެހޭނެ ކަމުގެ ލިޔުން ހައުސިންގ މިނިސްޓްރީންވަނީ ދީފައެވެ.ފްލެޓް އަޅައިދިނުމަށް ކަމަށް ބުނެ 158 މީހުންގެ އަތުން 37 މިލިއަން ރުފިޔާ ނަގާފައިވާއިރު، ގުޅިފަޅުން ފްލެޓް ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ، އެމީހުންގެ އަތުން ނެގި ފައިސާ އަކީ ހުޅުމާލެއިން ދޫކުރާ ފްލެޓްގެ ޑައުން ޕޭމަންޓުން ދައްކާފައިވާ ބައެއްގެ ގޮތުގައި ބެލުމަށްފަހު ކަމަށް މީގެކުރިން ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ