އިންޑިއާގެ ސިފައިން ރާއްޖެއަށް އައުމަށް ގޮވާލައި ރާއްޖޭގެ މިނިވަންކަން ނަގައިލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިރޭ އުމަރު ކުރެއްވި ޓްވީޓެއްގައި މިކަމާއި ގުޅިގެން ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ އެތައް ޒަމާނެއް ވަންދެން ދެމިއޮތް ގުޅުމެއް ކަމަށާއި، އެޤައުމުން ރާއްޖޭގެ ސިޔާސީ މައްސަލައެއް ޙައްލު ކުރުމަށް ކަމަށް ބުނެ ބަޑި ބޭނުން ކުރާހައި މޮޔަ ނޫން ކަމަށެވެ.
އެ ޓްވީޓުގައި އުމަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެވެސް މިފަދަ ޙާލަތްތަކާއި އަމިއްލައަށް ކުރިމަތިލާން ދަންނަ ފަޚުރުވެރި ބައެއް ކަމަށެވެ.
އުމަރު މިގޮތަށް ވިދާޅުވެފައިވާއިރު، ބައެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ، އެފަރާތްތަކުން ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން ރާއްޖެއަށް އިންޑިއާ ސިފައިންނާއި ޤައުމުތަކުން ކުލީ ސިފައިން ގެނެސް ދިވެހި ސިފައިންގެ ލޭ ޤައުމުގައި އޮހޮރުވާލާނެކަމުގެ އިންޒާރު ދެމުންނެވެ.
އަދި ރާއްޖޭގެ ވެރިކަން އަތުލައިގަނެ، އިދިކޮޅު ފަރާތްތަކުން ޤައުމުގެ ހަމަޖެހުން ނަގާލުމަށްކުރާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާ ސިފައިންގެ މަދަދަށް އެފަރާތްތަކުން ދަނީ އެދެމުންނެވެ.
އެގޮތުން ޖަލަށް ލުމުން މައިބަދައިގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ ޤާނޫނަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ އިންޑިއާ ސިފައިން ރާއްޖެ އެރުމަށް އެދޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ހަތިޔާރު ހިފައިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަންނަހައި އިންޑިއާ މޮޔައެއް ނޫން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ