ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާގައި 43 މެމްބަރުން ހާޒިރުވެ ތިބުން ލާޒިމްނުވާ ކަމަށާއި އެހެންވެ، ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މިދިޔަ ހަފުތާގައި މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިރޭ ލަފާ ދީފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދިނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުމުންނެވެ. ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށް، ގަރާރު ފާސްކުރަން މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ.
އިމަޖެންސީގެ ގަރާރު ފާސްކުރަން 43 ހަމަވާކަށް ނުޖެހޭ، މަޖިލީހުގެ ނިންމުން ރަނގަޅު: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ