އިނިސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް(އެސްއޯ ޑީޑީ) ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އަބްދުﷲ އިބްރާހިމް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވަނީ ކުރަމުންދާ ތަހުގީގަކާއި ގުޅިގެން ބަޔާނެއް ނެގުމަށް ކަމުގައެވެ.
މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައި ނުވާނެކަމަށާއި އޭނާ ހައްޔަރުކޮށްފައިވާކަމަށް މީޑިއާ ތަކުގައި ފަތުރަމުންދަނީ ސައްހަ ހަބަރެއް ނޫންކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަބްދުﷲ އިބްރާހީމް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވަނީ އޭނާ ގއ އަތޮޅަށް ފޮނުވާލާފައި ހުއްޓާ އަންނަން އެންގުމުން މާލެ އައިސް ފޭބިތަނުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެނގިފައިވާ ގޮތުގައި ޑީޑީ ގއ އަތޮޅަށް ފޮނުވާލާފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ޑީޑީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ތަހުގީގަށް ބަޔާނެއް ނެގުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނިއިރު ޑީޑީއާއެކު އެސްއޯގައި މަސައްކަތް ކުރި އިތުރު ފުލުހުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް ފުލުހުން މިހާރު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.
އަބްދުﷲ އިބްރާހީމް ހައްޔަރެއް ނުކުރޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ