ޢަބްދުﷲ ގާޒީ ދޫކުރުމަށް އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއިން ގޮވާލައިފި
ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޒު ޢަބްދުﷲ މުޙައްމަދު މިނިވަންކުރުމަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ބާރުއަޅާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ) އިން ގޮވާލައިފިއެވެ.އޭބީސީ އޭޝިއާ ޕެސިފިކް ނިއުސް ސެންޓްރަލްގެ ރޭޑިއޯ އޮސްޓްރޭލިއާ ނިއުސްއިން އައި.ސީ.ޖޭގެ އޮސްޓްރޭލިއާ ގޮފީގެ ރައީސް ޖޯން ޑޯޑް އަށް ހަވާލާދީ ބުނެފައިވާ ގޮތުގައި ޢަބްދުﷲ ގާޒީ އެއްވެސް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހައްޔަރުކުރުމަށް ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ބަހަނާއަކީ އެއްވެސް އިންސާފެއްނެތް ތުހުމަތުތަކެއް ކަމަށެވެ.“އެނގިފައުޅުވެގެންވާ ގޮތުގައި އޭނާވަނީ މިނިވަންކަމާއި އެކު ކަންކަން ނިންމަވާފައި. އެއީ އޭނާ ކަންކުރަން ޖެހޭގޮތަކީވެސް. މިއީ ސަރުކާރުން ހިތްހަމަޖެހޭކަމަށް ނުވަނީ،” ޑޯޑް އެނޫހަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.“ސަރުކަރުން އޭނައާއި މެދު ކުރާ ތުހުމަތުތަކުގައި އެއްވެސް ތެދެއް ބުރަދެނެއް ހުރިކަމުގައި ވިނަމަވެސް އެއީ އޭނާ އެގޮތަށް ހައްޔަރުކުރުމަށް އޮތް ހުއްޖަތެއްނޫން. އެނގިސާފުވެގެންވާ ކަމަކީ ސަރުކާރުން ހަމަމިހާރުން މިހާރަށް އޭނާ މިނިވަންކުރަން ޖެހޭނެކަން،” އައިސީޖޭގެ އޮސްޓްރޭލިއާ ގޮފީގެ ރައީސް އިތުރަށް ހާމަކުރިއެވެ.ސަރުކާރުން ޢަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ އޭނާއަކީ މުޅި ޖުޑީޝަރީ ހަލާކުރަމުންދާ މީހެއްކަމުގައި ބުނަމުންނެވެ. ޢަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން ސަރުކާރަށް ވަނީ ތަފާތު އެތަކެއް ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ ފާޑުކިއުންތައެް އަމާޒުވެފައެވެ. މިގޮތުން އ.ދ. އިންސާނީ ޙައްޤުތަކާއި ބެހޭ ބައިގެ ތަރުޖަމާނަކުވެސް ވަނީ ޢަބްދުﷲ ގާޒީ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ