އަނގޮޅިތީމް ރައްޔިތުން އެއްޖަމާއަތެއްގައި ރޯދަވިއްލުމެއް ބާއްވައިފި

މަހަލްދީބް ފައުންޑޭޝަން އާއި އަނގޮޅިތީމް އާކުރި ޖަމިއްޔާ ގުޅިގެން އަނގޮޅިތީމްގައި ރޯދަ ވިއްލުމެއް ބާއްވައިފިއެވެ.ދިއިސްލާމަށް މައުލޫމާތު ދެމުން އަނގޮޅިތީމް އާކުރި ޖަމިއްޔާގެ ރައީސް ޔޫސުފް ރަޝީދު ވިދާޅުވީ މި ބޭއްވުނު ރޯދަ ވިއްލުމުގެ މަގުސަދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ކަމަށާއި މި ރޯދަވިއްލުމަށް އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.މިއީ އެ ޖަމިއްޔާގެ ފަރާތުން މިފަދަ ރޯދަވިއްލުމެއް ބާއްވާ ތިންވަނަ އަހަރު ކަމަށް ވެސް ޔޫސުފް ރަޝީދު ވިދާޅުވިއެވެ.މަހަލްދީބް ފައުންޑޭޝަން އާއި އަނގޮޅިތީމް އާކުރި ޖަމިއްޔާ ގުޅިގެން އަނގޮޅިތީމްގައި ރޯދަ ވިއްލުމެއް ބާއްވާފައި ވާއިރު ދާދިފަހުން އެރަށު ކައުންސިލް އިދާރާއާއި އެރަށު ސްކޫލާއި ބައެއް އަމިއްލަ ޖަމިއްލަ ޖަމިއްޔާަތައް ގުޅިގެން ރައްޔިތުން މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްއެއް ވެސް ވަނީ ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ