ޓީމް އިވެންންޓްގެ އެންމެ ކާމިޔާބު ސްކޫލަކަށް މޭނާ ސްކޫލް

14ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓްގެ ދެ އުމުރުފުރާގެ ޗެންޕިއަންކަން ނ.އަތޮޅު މޭނާ ސްކޫލް ހޯދައިފިއެވެ.
ޓީމް އިވެންޓްގެ އެންމެ ކާމިޔާބު ސްކޫލަކީވެސް މޭނާ ސްކޫލެވެ. މޭނާ ސްކޫލްވަނީ 16އަހަރުން ދަށުގެ ފިރިހެންބަޔާ 14 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.
img:http://s4.psmnews.mv/images/660x400/14586297922597.jpg|އިންޓަރ ސްކޫލް ބެޓްމިންޓަން މުބާރާތުގެ ސީއެޗްއެސްއީ އަންހެން ޓީމް (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)
ޓީމް އިވެންޓްގެ އަންހެންބައިގައި 19 އަަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ސީއެޗްއެސްއީއެވެ. ސީއެޗްއެސްއީ މިއުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް 3 މެޗް 2 މެޗުން މެޗްތަށް ކާމިޔާބުކޮށްގެންނެވެ.
މިއުމުރުފުރާގެ ޗެމްޕިއަންކަން ސީއެޗްއެސްއީއަށް ޔަގީންވެފައިވަނީ ޓީމް އިވެންޓްގެ އެންމެ ފަހު މެޗް ސީއެޗްއެސްއީ ކާމިޔާބުކުރުމާ ގުޅިގެންނެވެ.
img:http://s2.psmnews.mv/images/660x400/14586294027184.jpg|އިންޓަރ ސްކޫލް ބެޓްމިންޓަން މުބާރާތުގެ ބ.އަތޮލޫ ތަޢުލީމީ މަރުކަޒު (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)
19 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ބ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. މިބައިގެ ޗެންޕިއަންކަން ބ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯދާފައިވަނީ ސީއެޗްއެސްއީ އާ ވާދަކޮށް 3 މެޗް 2 މެޗުން މެޗް ކާމިޔާބުކޮށްގެންނެވެ.
14 އަހަރުން ދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކެޔޮދޫ ސްކޫލެވެ. ކެޔޮދޫ ސްކޫލް ޗެމްޕިއަންކަން ހޯދާފައިވަނީ މުލަކު ސްކޫލާ ވާދަކޮށް ސީދާ 3 މެޗުން ޓީމް އިވެންޓްގެ މެޗްތަށް ކާމިޔާބުކޮށްގެންނެވެ.
16 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނ.އަތޮޅު މޭނާ ސްކޫލެވެ. މިބައިގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދާފައިވަނީ މ.އަތޮޅު ތަޢުލީމީ މަރުކަޒާ ވާދަކޮށް ސީދާ 3 މެޗުން ޓީމް އިވެންޓްގެ މެޗްތަށް ކާމިޔާބުކޮށްގެންނެވެ.
img:http://s3.psmnews.mv/images/660x400/14586295447331.jpg|އިންޓަރ ސްކޫލް ބެޓްމިންޓަން މުބާރާތުގެ (ފޮޓޯ:ޕީއެސްއެމް-އަލީ ނަސީރު)
16 އަހަރުން ދަށުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ މ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. މިބައިގެ ޗެންޕިއަންކަން މ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯދާފައިވަނީ ކެޔޮދޫ ސްކޫލާ ވާދަކޮށް ސީދާ 3 މެޗް ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތުގައި ކުރިއަށް އޮތީ އޯޕަން ބައިގެ މެޗްތަކެވެ. ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި އޯޕަން ބައިގައި ކުރިއަށްދާނީ 12 އަހަރުން ދަށް، 14 އަހަރުން ދަށާއި 19 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްްސް ޑަބަލްސް މެޗްތަކެވެ. މިބައިގައި 21 ސްކޫލަކުން 420 ކުޅުންތެރިން ވާދަކުރާއިރު، 531 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ