ކަނޑު ގަދަވުމުން ދަތުރުކުރަން ކެރިވަޑައިނުގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

ކަނޑު ދަތުރުކުރުމަށް ނުކެރޭނެކަމަށާއި މޫސުން ގޯސްވެ، ކަނޑުގަދަކަމުން ކަނޑު ދަތުރުކުރުމަށް ޞިއްޙީ ޙާލަތު ތަން ނުދޭކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން މިހެން ވިދާޅުވެފައިވަނީ މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހެއްގައެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ މޫސުން ގޯސްވެ ކަނޑު ގަދަކަމުން ކަނޑު ދަތުރު ކުރުމަށް ޞިއްޙީ ހާލަތު ތަން ނުދޭކަމަށާއި، ދަތުރު ކުރަން ނުކެރޭނެ ކަމަށްވެސް ވިދާޅުވި ކަމަށާއި ނަމަވެސް މިރޭގެ ޝަރީއަތް ކުރިއަށް ގެންދަނީ މިއިން އެއްވެސް ކަމަކަށް ކްރިމިނަލް ކޯޓުން ރިއާޔަތް ކުރުމެއް ނެތި ކަމަށްވެސް މަޢޫމޫން ވިދާޅުވިއެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުންނަނީ ދޫނިދޫގައެވެ.
މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ އުމުރުފުޅުން މިހާރު 80 އަހަރުން މަތިވެފައިވާއިރު، އެކަމުގެ ސަބަބުން ޚާއްޞަ ބަލި ޙާލަތެއްވެސް މިހާރު މެދުވެރިވެފައިވާ ކަމަށެވެ.
ކުރީގެ ރައީސްގެ ބަލި ހާލަތަށް ބެލުމެއް ނެތި ޝަރީއަތް ކުރިއަށް ގެންދާކަމަށް ބުނެ، އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ވަކާލާތުކުރައްވާ ޤާނޫނީ ވަކީލުންވެސްވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. މީގެއިތުރުން، ތަނާޒުލްވީ، މި ޝަރީއަތް ކުރިއަށް ގެންދަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އަދި އިސްލާމީ ޝަރީއަތާވެސް ޚިލާފަށްކަމަށް ބުނެއެވެ.
މިކަމާ ގުޅިގެން ދެން ވަކީލުން އައްޔަންކުރަން ވަގުތު ނުދޭނެކަމަށާއި އެހެންނަމަވެސް، ޝަރީއަތް ހިނގާއިރު ވަކީލަކު އައްޔަން ކުރަން ހުޅުވާލެވިފައިވާކަމަށް ކޯޓުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ