ވަގުސޮޕްޓް ވެއަ އެއްނޫންނެވެ. އެއީ ކްރެކްއެވެ.

މީގެ ދެތިން ދުވަހެއް ކުރިއެވެ. އަހަންނާއި ރައްޓެހި ސޮރަކާއި ފޯމެކްސްގެ ފިހާރައަކަށް ވަތީމެވެ. އަހާލީމެވެ. ކޮބާ ނެތްތަ ވިންޑޯސް ހަތެއްގެ ވަގު ކޮޕީއެއް؟ ނިކަން ކޯފާވެފައި އެތާއިން ސޮރަކު ބުންޏެވެ. ވަގުއެއްޗެއް ނެތެވެ. އެކަމަކުވިންޑޯސް ހަތެއްގެ ކްރެކް އެއް އެބައިނެވެ. ދެން ހަމަ އައިސްފައި ހުރި ރުޅީގައި އެތާގައި އިން ހާޑްވެއަރ އެއްދައްކާފައި މިއީވެސް ވަގުއެއްޗެހި ހެއްޔޭބުންޏެވެ.ދަންނަވަންތޯއެވެ. ސޮޕްވެއަރ ހިމެނެނީ ދެބާވަތެކެވެ. އެއީ އޯޕަންސޯސް އާއި ކްލޯސް ކޯޑް( ޕްރޮޕެރޭޓަރީ) މިދެވައްތަރެވެ. ކްރެކްއަކީ ވަގު ކޮޕީ ތަކަށް ދެވިފައިވާ އެހެންނަމެކެވެ. ވަގު ސޮޕްޓްވެއަރ ވިއްކަމުންދާއިރު މީހަކު ގޮސް ވަގުކޮޕީއެއް ނެތްހޭ އަހާލުމަކުން އަދި އަރާ ނަރުގަނޑަށް އަރާކަށް ނުވެއެވެ. އެއީ މުޅިންވެސް ދޮގެއް ނޫނެވެ. އަބަދުވެސް ވިއްކަމުންދަނީ ވަގު ކޮޕީތަކެވެ. ބާޒާރުގައި 300ޑޮލަރަށް ލިބެންހުންނަ ތަކެތި މިތާގައި 30ރ އަށް ލިބެއެވެ. ދެން ވެސް އެއީ ވަގު ތަކެއްޗެއް ނޫންހެއްޔެވެ. އާއެކެވެ. އެއީ ކަލޭމެންގެ ބަހުރުވައިން ނަމަ ކްރެކްއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގު ކަމުގައި ނުވާނަމަ އެޑޯބީގެ މާސްޓާ ކަލެއްޝަންގެ އަސްލު އަގަގީ 2400ޑޮލަރެވެ. ދިވެހިފައިސާއިން ނަމަ އެއީ 30840ރ އެވެ. ފޯމެކްސްގައި އެޑޯބީ ސީއެސްފޯ ގެ މާސްޓާ ކަލެކްޝަން 450ރ އަށް ލިބެން އެބަހުއްޓެވެ. މިއީ ހަމަ ކްރެކްތާއެވެ. ވަގުއެއްޗިއްސެއް ނޫނެވެ. މިއީދެން ތަންކޮޅެއް ބޮޑު ވަރެކެވެ. މަގޮލާ އެންމެ ހިނި އަންނަނީ ވަގު ސޮޕްޓްވެއަރ ވިއްކާއިރުވެސް އެކަން ގަބޫލް ނުކޮށްވިއްކާތީއެވެ.އަނެއްކާވެސް މީގެ ކުޑަދުވަސް ތަކެއް ކުރިއެވެ. އަހަންނާއި ރައްޓެހި ސޮރަކާއި ދެމީހުން ފޯމެކްސްގެ އެހެން ފިހާރައަކަށް ވަދެފައި ކަންތައް ގަނޑެއް ހިންގާލައިފީމެވެ. މިފަހަރުވީ ގޮތަކީ ޑިސްޕޭ ކޮށްފައިއިން 36 އިންޗީގެ މޮނީޓަރެކެވެ. ހަމަފާޅުގައި ނިކަން ބޮޑު އަކުރުން ވޯޑް ހުޅުވާލާފައި “ފޯމެކްސް އިން ވަގުސޮފްޓްވެރ ވިއްކަނީ” މިހެން ލިޔެފީއެވެ. ނަސީބު ރަގަޅު ކަމުން އެބޮޑު ޑިސްޕްލޭ ހުރީ ފިހާރައިގެ ބޭރަށް ވާގޮތަށެވެ. މަގުމަތިން ދާހާ މީހަކަށް ފެންނަ ގޮތަށެވެ. މިދުވަހުވެސް މިމީހުން އަންނާނީ ހަމަށަކު ރުޅިއެއް ނޫންބާއޭ ހިތައް އެރިއެވެ.އަހަރުމެންވެސް ނިކަންފަހުރުވެރި ކަމާއި އެކު ބޭނުން ކުރަނީ  ވަގު ސޮޕްޓްވެރ އެވެ. ނަމަވެސް މައްސަލައަކީ ދިވެހިރާއްޖޭގައި ވަގުސޮޕްޓްވެއަރ ވިއްކަމުންދާ އެންމެ ބޮޑު ފިހާރަ އަދި ވަގު ސޮޕްޓްވެއަރ ވިއްކައިގެން މުއްސަނދިވެފައިވާ މީހުންނަށް މިކަންކަން ހަޖަމު ނުކުރެވުމެވެ. އަހަރުމެން ހަމަ ތިޔަތަނަށް ވަދެފައި ބުނާނީ ހަމަ ވަގު ކޮޕީއެއް ނެތްހެއްޔެވެ. މިހެންނެވެ. ކަލޭމެން ލަދުގަތަސް އަހަރުމެން ލަދެއް ނުގަނެއެވެ. އެއީ ކުރިންވެސް ބުނި ފަދައިން އަހަރުމެން ވަގު ކޮޕީ ބޭނުން ކުރަނީ އެކަމަށް ފަހަރުވެރި ވެގެންނެވެ. ދެން އޮތް ސުވާލަކީ ރާއްޖެއަށް ކޮޕީރައިޓް ލޯ އަތުވެއްޖެނަމަ ވާނެ ގޮތަކަށެވެ. ކަލޭމެން ޖެހޭނީ ބަނޑަށެވެ. އަހަރުމެންނަކަށް ކެހެރު ވަކެކޭ ހެންވެސް ހީނުވާނެވެ. އެއީ އަހަރުމެންނަކީ ކުރިންވެސް އަދި މިހާރުވެސް އޯޕަންސޯސް އޯއެސްތަކާއި ސޮޕްޓްވެއަރ ބޭނުންކުރަމުންދާ ބަޔަކަށް ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ