23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުން ދާދި ދެންމެއަކުއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ރައީސް ޔާމީން ނިންމެވީ ރިޔާސީ އިންތިހާބު ހިނގައިދިޔަ ގޮތާމެދުގައި ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ހުށަހަޅަމުން ދާތީއާއި، އެ ޝަކުވާއާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެމަނިކުފާނަށް ސަޕޯޓް ކުރެއްވި މީހުންގެ އެދުމާއެކު މި މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވަން ނިންމެވީ ކަމަށެވެ.
ސަލީމް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ އައިވިޓްނަސްއާއި، ކިތާބީ ހެކިތަކާއެއްކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ސަޕޯޓަރުންނާއި، އާއްމު ރައްޔިތުންގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު، ގާނޫނީ ވަކީލުންގެ ޓީމުން ބަލަންޖެހޭ ކަންކަން ބަލާ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ. އަދި މި މައްސަލައިގައި ގާނޫނީ ޓީމުން ވިސްނަންޖެހޭ މިންވަރަށް ވިސްނުމަށްފަހު ސަޕޯޓަރުން އެދުނު ކަންކަމަށް ބަލާ ދިރާސާ ކުރި އިރު މި މައްސަލައަކީ އެ ސަޕޯޓަރުންގެ ހައްގުގައި ރައީސް ޔާމީނަށް ހުށަނާޅާ ހުރެވޭނެ މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސްގެ ފަރާތްޕުޅުން އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ