ނަސްރުގެ ދުވަހުގެ މިއުޒިކް ޑްރިލް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި

މާދަމާ ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މާދަމާ ހަވީރު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުންބުނީ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 16:00 ގައި "ޖުމްހޫރީ މައިދާން" ސަރަޙައްދުގައި ކަމުގައެވެ. އަދި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އަންނަ އާދީއްތަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދާއި އަދި ހޯމަ ދުވަހު ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށާއި މި ދެ ދުވަހު ޑިސްޕްލޭގެ ހަރަކާތައް ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެއް ކަމަށާއި މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ