އެމްޑީޕީ ޕްރައިމަރީން ބަލިވެފައި ވަނިކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކ. އަތޮޅު ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު ވިދާލުވެއްޖެ އެވެ.
ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕްރައިމަރީން ބަލިވާ ފަރާތްތައް އަމިއްލަގޮތުން ވާދަކުރުން މަނާކުރުން، ގާނޫނުއަސާސީއާ ހިލާފް ކަމަށެވެ. އަދި އެކަން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަމިއްލަގޮތުން ރައްޔިތުންގެ މަޖިިލިސް ކާށިދޫ ދާއިރާއަށް ވާދަކުރަން ނިންމައިފިން. ޕްރައިމަރީން ބަލިވާ ފަރާތްތައް އަމިއްލަގޮތުން ވާދަކުރުން މަނާކުރުން ގާނޫނުއަސާސީއާ ހިލާފް. އެކަން ބަދަލު ކުރުމަށް ސުޕްރީމް ކޯޓަށް ދާނަން ކާށިދޫ ރައްޔިތުން މާޔޫސްވިޔަކަ ނުދޭނަން،" ޖާބިރު ވިދާޅުވެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ގައި ބުނާގޮތުން، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިޖހާބެއް ގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަ ކޮށްގެން ނުވާނެ އެވެ. އަދި އެފަދަ ފަރާތަކުން އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅިއަސް އެ ކޮމިޝަނުން ކެނޑިޑެންސީ ބާތިލް ކުރަންޖެހޭނެ އެވެ.
ގާނޫނުގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް އެކަން ބަދަލު ކޮށް، ޕްރައިމަރީ ގައި ވާދަކޮށްގެން ބަލި ވިޔަސް އިންތިހާބު ތަކުގައި ބައިވެރިވެވޭގޮތައް ގާނޫނު ބަދަލު ކުރުމަށް، އިސްލާހެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު އެވެ.
އެމްޑީޕީ ޕްރައިމަރީން ބަލިވެފައިވަނިކޮށް، ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ