ޕީޕީއެމްގެ ފައިސާ ދޫކުރުމުގެ ކަންކަން މާދަމާ ފަށަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސިޔާސީ ޕާޓީތަކަށް ގާނޫނުން ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން ލިބެންޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް މާދަމާ ފެށޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރ އަދި ތަރުޖަމާނު އަކްރަމް ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީވެ، އެޕާޓީއަށް ލިބެންޖެހޭ ފައިސާތައް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެޕާޓީއަށް ލިބެންވާ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި މާދަމާ އެދޭނެކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ފައިސާ ދޫނުކޮށް މިހާތަނަށް ހުރީ އެޕާޓީގެ ކޮންގްރެސްގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.
ޕީޕީއެމްއަށް ދޫނުކޮށް އިލެކްޝަނުން ހިފަހައްޓާފައިވާ ފައިސާގެ އަދަދު އަށް މިލިއަން ރުފިޔާއަށްވުރެ އިތުރުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ