ގއ. ވިލިނގިލީ ބީއެމްއެލް ބްރާންޗް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލާ ވަނުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިލިނގިލީ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މިއަދު ފަތިހު 05:37 ހާއިރު ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ނަގާފައިވަނީ ކިހާ ފައިސާއެއް ކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުން ފައިސާ ވަގަށް ނަގާފައިވަނީ އެ ބްރާންޗުގެ ބިލްޑީން ފުރާޅުން ބައެއް ނައްޓާލައިގެން އެތަނަށް ވަދެ ތިޖޫރީއެއް ހަލާކުކޮށްލައިގެން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ